ރިޔާސީ ބަހުސްގައި ބައިވެރިވެޑައިނުގަންނަން ނިންމެވުމުން، އަމާޒުވި ފާޑުކިޔުންތަކާއިއެކުގައި، ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމް އިން ބާއްވާ ”ރިޔާސީ ބަހުސް“ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެހެން މީޑިއާތަކުގެ ބަހުސްތަކުގައި ބައިވެރިވެ، އިޝްތިހާރުވާާން ރައީީސް ސޯލިހު ބޭނުންފުޅުވެނުލައްވާ ކަމަށެވެ.

”އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން،“ މާރިޔާ ވިދާޅުވިއެވެ.

މީޑިއާތަކުގެ ބަހުސަށްވުރެ، ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގަތުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.