މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

ސިފައިންގެއިން ބުނީ މާލޭގައި އޮންނަ އިވެންޓެއްގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 22:45 ހާއިރު މާލޭގެ ހުޅަނގު ދެކުނުކަންމަތި ވެމްކޯ ސައިޓްގެ ބޭރުގަައި ކަމަށް ސިފައިންގެއިން ބުންޏެވެ.

ސިފައިންގެއިން މައުލޫމާތު ދިން ގޮތުގައި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރުއެވެ.