އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ.ހިންނަވަރުން ވެސް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޅ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މުއިއްޒު މިއަދު ހިންނަވަރަށް ވަޑައިގަތުމުން، އެ ރަށުން ގޮވައިލީ، ”މުއިއްޒު އެއްބުރުން“ ކަމަށެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ތިއްބެވެ.

 

ޅ.ހިންނަވަރުން މިއަދު މުއިއްޒުއަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައި

 

ހިންނަވަރުގެ ރައްޔިތުންނާއި ވެސް މުއިއްޒު ބައްދަލުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނަގާ ވޯޓަކީ، ހަމައެކަނި ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭނެ ވެރިޔަކު ހޮވަން ވޯޓެއް ނޫން ކަމަށާއި ގައުމީ ބަހާތައް ރައްކާތެރިކުރުމަށްޓަކައި ވެސް ދެވޭ މުހިންމު ވޯޓެއް ކަމަށެވެ.

”މި ގައުމުގެ ހާލަތު މިއަދު އޮތްގޮތުން، މި ހިސާބަށް ދިޔައީމަ، އެ ހާލަތަށް ގޮސްފަ މި އޮތީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި ހިންނަވަރަށް، މި ފަސް އަހަރުގެ ތެރޭގައި ނުވެ ހުރި ކަންކަން، އެމަނިކުފާނުގެ ވެރިކަމެއްގައި ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.