ހަށި ވިއްކުމުގެ ތުހުމަތުގައި ދުވަސްވީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 50 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.
އޭނާގެ ބަންދު އަމުރު ރިޕޯޓްފައިބާ ގޮތުން އޭނަ ހަށި ވިއްކާކަމުގެ ހެކި ފުލުހުންގެ އަތުގައި އެބަހުއްޓެވެ.
އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ. އަދި މީގެ ކުރިން ވެސް މި މީހާ އަކީ ހަށި ވިއްކާ ކަމަށް ތުހުމަތުކުރެވި، އެކަމާ ގުޅިގެން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ހުރި މީހެކެވެ.
