ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކައްދޫ އެއާޕޯޓު އެރައިވަލް ސަރަހައްދުގައި މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ދިގު ސަފެއް ވަނީ ދަމައިލައިފައެވެ.

އެ ސަފު ކައްދޫ-ފޮނަދޫ ކޯޒްވޭއާ ހަމައަށް އޮތްއިރު، ސަޕޯޓަރުންނާއި ސަލާާމް ކުރެއްވުމަށް ވަރަށް ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.

މިރޭ ޑރ.މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއް ލ.ފޮނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.