ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ވެސް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިިވެއެވެ.
މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރުނު އިރު، މިއަދި ހެނދުނު 10:15 އިން ފެށިގެން މެންދުރު ފަހު 2:15 އާ ހަމައަށް އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ވަނ ޔެލޯ އެލާޓް ވެސް ނެރެފައެވެ.
