ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް، މާލެ ސަރަހައްދުން ބިންތައް ބަހައިލީ، ރިޝްވަތެއްގެ ގޮތުގައި ކަމަށާއި، މާލެއަށް މީހުން ގެނައުމުގެ ބަދަލުގައި ރާއްޖޭގެ އެހެން ކަންކޮޅުތައް ތަރައްގީ ކުރަންޖެހޭ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކުރައްވަމުން ފާރިސް ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމުގައި ދިމާވެފައި އޮތް މައްސަލައަކީ އެއްވެސް ރޭވުންތެރިކަމެއް ވިސްނުންތެރިމެއް ނެތި ސޯޝަލް ހައުސިން، ކޮމާޝަލް ހައުސިން ފަދަ އެއްޗެއްހި އެއްވެފަ ހުރުން ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ހެޔޮ އަގެއްގައި އެފަދަ ތަންތަނަށް ވަދެވޭނެ ގޮތް ނެތީ ކަމަށެވެ.
”ދެން އަޅުގަނޑުމެން ބަހަނީ މި ހިލޭ، އަޅުގަނޑު ދަންނަވާނީ ރިޝްވަތެއްގެ ގޮތުގައި ބިންތަކެއް. ބިންތަކެއް ބެހީމަ އަނެއްކާވެސް ސީދާ މާލެ ސަރަހައްދަށް ހުރިހާ އެންމެން އަންނަން ޑިމާންޑް މި ކްރިއޭޓް ކުރަނީ. ދެން ހުރިހާ ބޭފުޅުން މި ވިދާޅުވަނީ އެތަންތަން ހަދާނެ ގޮތެއް ހޯދައިދޭނަމޭ. އަޅުގަނޑުގެ ބެނުމަކީ ރާއްޖޭގެ އެހެން ކަންކޮޅުތައް ތަރައްގީ ކުރުން.“ ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އޭނާ ވައުދުވަނީ ރާއްޖޭގެ އެހެން ސިޓީތަކާއި ރީޖަންތައް މީހުން ދިރިއުޅެވޭނެ ހާލަތަށް ތަރައްގީ ކުރުން ކަމަށާއި، އެމީހުން ބޭނުންވާ ވަޒީފާގެ ފުރުސަތުތައް، ސިއްހީ އަދި އިލްމީ ފުރުސަތުތައް އެތަންތަނުން ފަހިކޮށްދިނުން ކަމަށެވެ.
ފާރިސް އިތުރަށް ވިދާޅުވީ މިކަންކަން ކުރުމަށް ނެޝަނަލް ޓްރަސްޓް ފަންޑެއް ގާއިމު ކުރާނެ ކަމަށާއި އޭގެ ތެރެއިން ލުއި ލޯނު ދެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
ބައްޕާފުޅުގެ ވެރިކަމުގަ ގާތް ބޭފުޅުން ނައް ގޯތި ދެއް ވިވާހަކަ ނުދައް ކަވަނީ ކީއްވެތޯ؟
ތީ ޖޭވާ މީހުން
ރަނގަޅު ތަސައްވަރެއް
ތިނޫން މީހެއް އުޅޭތަ