ދިވެހިންގެ އެހީގައި ސީރިއާގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ގައުމުގެ ރެފިއުޖީ ކޭމްޕް ސަރަހަހެއްދެއްގައި ދިވެހިންގެ އެހީގައި ބިނާކުރީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ނަމަކީ ”މަސްޖިދު އައްސަލާމް“ އެވެ.

މި މިސްކިތް ބިނާކުރީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހިންގަމުން އަންނަ ހިންގާ ”ތަޖްރީ“ ކެމްޕޭންގެ ދަށުން ދިވެހިން އެހީގައެވެ.

ސީރިއާގައި ބިނާކުރި މިސްކިތަކީ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން މި މިސްކިތުގައި ޤުރުއާން ކިޔަވައި ދިނުމާއި ދީނީ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވެއެވެ.