އާއިލާ އެއްވެސް މީހަކަށް ވަޒީފާ ދީފައި ނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުފުޅު ހައްދަވައިފިއެވެ.

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ އާއިލާ މީހަކަށް ވަޒީފާ ދީފައި ނުވާނެ ކަމަށެވެ.

”އާއިލީ ވެރިކަމެއް އުފައްދަވާ ކަމަށް ބުނުމަކީ ވަރަށް ބޭއިންސާފު ބުނުމެއް“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވިއިރު، ”ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް“ގެ މަގާމުގައި ހުންނެވި، ސަބްރާ ނޫރައްދީން އަކީ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް ބޮޑުދައިތަ ކިޔާ ބޭފުޅެކެވެ.ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ސޫޒަން އިބްރާހިމްފުޅު އަކީ ރައީސް ސޯލިހަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެކަމަނާގެ މުސާރަ އަކީ ވެސް ބޮޑު ސިއްރެކެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ ވެސް ރައީސް ސޯލިހުގެ ޅިޔަނެކެވެ. މީގެ އިތުރުން ވެސް، އާއިލާގެ މެމްބަރުންނަށް ރައީސް ވަނީ މަގާމުތައް ދެއްވައިފައެވެ.