މިމަހުގެ 10ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އަންނަ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، އެ ދުވަހާ ގުޅިގެން، އަންނަ އާދީއްތަ ދުވަހަކޯ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވގަސިވާތީ ކަމަށެވެ.

ކޮންމެ ރިޔާސީ އިންތިހާބަކާ ގުޅުވައިގެން ވެސް ވޯޓުލާ ދުވަހުގެ ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ކުރެއެވެ.