ރާއްޖޭގެ ގިނަ އަދަދަކަށް ދީނީ އިލްމުވެރިން ހިމެނޭ ”އިލްމުވެރިންގެ ގުޅުން“ ހަރަކާތަށް ނިސްބަތްވާ އިލްމުވެރިންގެ ތާއީދު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފިއެވެ.
ދީނީ އިލްމުވެރިން ތާއީދު ކުރަންވީ ކެންޑިޑޭޓެއް ބަލަން އިލްމުވެރިންގެ މެދުގައި އިއްޔެ ވަނީ ޕޯލެއް ނަގާފައެވެ.
އެ އިލްމުވެރިންގެ ވައިބަރ ގުރޫޕުގައި ނެގި މި ޕޯލްގައި ޑރ.މުއިއްޒަށް 82 އިންސައްތަ އިލްމުވެރިން ވަނީ ވޯޓު ދެއްވާފައެވެ.
އެ ގްރޫޕްގައި 150 އަށްވުރެ ގިނަ އިލްމުވެރިން ތިއްބެވިއިރު، 132 އިލްމުވެރިން ވޯޓުދެއްވިއެވެ. މުއިއްޒުއަށް 105 އިލްމުވެރިންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ.
މްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ އެންމެ 5 ވޯޓެވެ.

ޢެކަމަކު ޢިޔާޒު ބުނި %14ކަމަށް ލިބުނީ
ޟުއިއްޒު އަށް ލިބުނީ. ތެދަކީ ކޮބައި ކަމެއް ނޭނގުނު
އަދާލަތުގެ ހުރިހާ އިލްމުވެރިން ކުރާނީ ސޯލިހަށް އެއީސޯލިހާގެން އަމަނެތިފާތިބޭބައެއް.ސޯލިހަށްތާއީދުނުކުރާނަމަ އަދާލަތުގާނުތިބޭނެ އަދާލަތުގެއެއްމެންނަކީވެސް ސޯލިހުގެއައުވާނުން