މާލޭގައި ހުންނަ ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ، ގަލޮޅު، ރަތްވިލާގޯޅީގައި ހުންނަ ”ވެގަ ޕޮއިންޓް“ ފިހާރައިގައިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ ފަތިހު 04:37 ހާއިރު ކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
ވެގަ ޕޮއިންޓް ފިހާރައިގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭންގެއެވެ.
