ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އަނެއްދިވެހިރާއްޖެ އާއި، ރަށްވެހި ފަތިހާއި، އެޖެންޑާ19 އަދި ޖަޒީރާ ރާއްޖެއަކުން ވެސް ދިވެހިވަންތަ އެއްވެސް ސިފައެއް ނުފެނުނު ކަމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި، ކ.ތުލުސްދޫގައި ރޭ ބޭއްވި ޖަލްސާގައި، އަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޓެއްސަކު ނުވަތަ އާއިލާގެ މެމްބަރަކު ބުނީތީ، ވަކި މީހަކަށް ވޯޓު ދީގެން ނުވާނެ ކަމަށާއި، ވޯޓު ދޭން ޖެހޭނީ މި ގައުމަށްޓަކައި ކަމަށެވެ.
”އެކި ދުވަސްވަރު، ޖިހާދު ކުރާނީ އެކި ގޮތަށް. ކަނޑި ބަޑި ހިފައިގެނެއް ނޫން މިއަދު، ޖިހާދަށް ނުކުމެގެން މި އުޅެނީކީއެއް.“
ރޭ މޫސުން ތަންނުދިނުމުގެ ސަބަބުން، އަބްދުއްރަހީމް އޭނާގެ ވާހަކަ ކުރުކޮށްލައްވަމުން ވިދާޅުވީ، ރައްޔިތުން ރައީސް ޔާމީން މިނިވަން ކުރަން އެދޭނަމަ، ވޯޓު ލައްވަން ޖެހޭނީ މުއިއްޒުއަށް ކަމަށެވެ.

ކަލޯ ތިބުނަނީ ވައްކަންކުރަން ވޯޓްލާށޭތަ
ކަލޭ12ގަނޑުޓިނުވަގައްނެގީމައިލަގަބަކަށްދެއްވީމޮޅުފުލެޓެއްނީންތަ