ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މި ކޭސް ފެނިފައިވަނީ އިއްޔެ ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި އެ ކޭސް ފެނުނީ ރާއްޖޭގެ ކޮން ސަރަހައްދަކުން ކަމެއް ވެސް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
މި ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް އޭނާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް ގެންދާ އިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދެވޭނެ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
