މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދާދި ދެންމެ އަކު ފުލުހުން ބުނީ ކ. މާލެ، މއ. ލެއްގި / އަބްދުލްޣައްފާރު އަބްދުލްޣަފޫރު (35އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ 23:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭރު ލައިގެންހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖީންސެންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފައެވެ.