ވިލިމާލެ ހޮސްޕޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އެ އަވަށުގެ ރައްޔިތުންނާއި އިއްޔެ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލެ ތަރައްގީ ކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި، ވިލިމާލެއަކީ ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށެވެ.
އެގޮތުން ހަމައެކަނި ނަން ބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރައްވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އައިޖީއެމްއެޗް ހުރީތީ ސިއްހީ ނިޒާމުގައި، ނެގްލެކްޓް ކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
