ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން ނިންމައިލުމަށް ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.
މި ހިނގާލުމުގައި މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިދިކޮޅުން ބުނިގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ މި ހިނގާލުމުގައި ޕީޕީއެމް-ޕީއެންސީގެ އެންމެހާ ސަޕޯޓަރުންނަށް ބައިވެރިވެވޭނެއެވެ.
