އދ.މަހިބަދޫއަށް ސްޓެލްކޯގެ ލޯންޗެއްގައި ފައިސާ ބަހަން އެރި މައްސަލަ، ފުލުހުންގެ ސަމާލުކަމަށް، އެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) ގެންނެވުމުން ވެސް އެކަން ފުލުހުން ބަލާފައިނުވާ ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ބުނެފިއެވެ.
ފައިސާ ބަހާ ކަމަށް ތުހުމަތު ކުރެވޭ ލޯންޗަށް، ޓޮމް މިރޭ އަރާވަޑައިގަތުމުން، އެ ލޯންޗު ވަނީ، ވާ މޮހައިލައި ދަތުރު ކުރަން ފަށައިފައެވެ.
މިކަމާ ގުޅޭގޮތުން ޕީޕީއެމުން ބުނީ، ޓޮމް ރަހީނު ކުރީ ކަމަށެވެ.
އެ ލޯންޗުން ފަހުން ޓޮމް އާއި، އޭނާ އާއިއެކުގައި ތިބި މީހުން މަހިބަދޫއަށް ބޭލި ކަމަށް ޕީޕީއެމުން ބުނެއެވެ.
”ޓޮމްއަށް ލޯންޗުގަ ލާރި ހުރިކަން ޔަގީން ވާތީ، އެ ވާހަކަ ބުނުމުން ވެސް، އެތަނަށް ދިޔަ ފުލުހުން ލޯންޗަށް ނުވެސް އަރާ ހިނގައްޖެ.“ ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް، އެމްޑީޕީން ގިނަ އަދަދަކަށް ފައިސާ ބަހަމުންދާ ކަމަށް އިދިކޮޅުން ބުނެއެވެ.
ަ

ރާޖެހިފަން އަޔަސް ތިޔަބާމީހުން ނުބަލާނެ ދެންކިހިނެއް.ވޯޓު ސައްހަވެފާ އިންސާފުވާނީ އެބުނަނީނު މާދަމާރޭ އުފާފާޅުކުރަށްތައްޔާރުވާށެ
ހަމަ އެކަނި ބުނާ ބުނުމެއް ނޫން ހަގީގަތެއް އައްޑޫ ރަށެއްގަ މިއަދު ހަވީރު ކެމްޕޭން ހަރަކާއް ނިންމުމުގެ ގޮތުން ބޭއްވި ހިނގާލުމުގަ އެތަކެއް ޒުވާނުންނައް މީހަކަށް 8000 ރުފިއާދިން މަމީ ލިބުނު އެކަކު ދެން މިވަރުނވެސް ށައްކުތޯވަނީ