ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.
މުއިއްޒު ވޯޓުލާން ވަޑައިގެންނެވީ މާފަންނު ތާޖުއްދީން ސްކޫލް ހޯލުގައި ހުންނަ މާފަންނު ދެކުނު 2 ނަމްބަރު ވޯޓު ފޮއްޓަށެވެ.
މުއިއްޒުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ ވޯޓު ލައްވައިފައެވެ.
ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެ ކެންޑިޑޭޓުންނަކީ:
1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
2. ހަސަން ޒަމީލު (އަމިއްލަ ގޮތުން)
3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6. އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7. އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8. ކާނަލް މުހައްމަދު ނާޒިމް (އެމްއެންޕީ)
މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ކުލައަކުން ވޯޓު ލުމަށް ރައްޔިތުންނަށް އަންގާފައެވެ.
