ދިރިހުރި މީހަކު މަރުވެފައިވާ ކަމަށް ވޯޓިން ލިސްޓުގައި އޮތުމުން، އޭނާއަށް ވޯޓު ލުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

މިކަމެއް ހިނގާފައި ވަނީ ކ. މާފުށީގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަން ހާމަ ކުރައްވައި އިލެކްޝަން ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނުން މަސްދަރެއްގެ ގޮތުގައި ބަލަނީ ޑީއެންއާރުގެ ރަޖިސްޓްރީ ކަމަށެވެ.

އެ ލިސްޓުގައި ނެތް މީހަކަށް ވޯޓު ލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި“އީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ދިރި ހުރި މީހަކު މަރުވި މީހެއްގެ ގޮތަށް ވުމުން އެ މީހާ އަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިއުން އެއީ.“ ހަބީބު ވިދާޅުވިއެވެ.

ކުރިމަގުގައި އެފަދަ ކަންކަން ހިނގައިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.