ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށައިފިއެވެ.

މިހާތަނަށް 100 އަށް ވުރެ ގިނަ ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު، 40 ޕަސެންޓުން މަތީގައި އުޅުއްވާއިރު ދެން ތިއްބެވި ކެންޑިޑޭޓުންނަށް ނިސްބަތުން ލިބުނު ވޯޓު ވަރަށް މަދެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8 އިން ހަވީރު 4 ގެ ނިޔަލަށެވެ. އެހެން އިންތިހާބުތަކާ ހިލާފަށް މި އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެއް ނުވެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،395 މީހުންނަަށް ލިބިގެންވާއިރު ވޯޓުލާފައިވަނީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.