އިތުރު ސިޔާސީ ޕާޓީއަކާއި ކޯލިޝަން ހެދުމެއް ނެތި، ތިން ޕާޓީއާއި ވާދަ ކުރައްވައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒުއަށް، 101،180 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެންމެ ގާތުން މުއިއްޒު އާއި ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ.
މުއިއްޒުއަށް 46 އިންސައްތަ ލިބިވަޑައިގެންނެވިއިރު، އަދާލަތާއި އެމްޑީއޭގެ ކޯލިޝަނާއެކުގައި ނުކުތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށެވެ. އޭނާއަށް ލިބިވަޑައިގަތީ، 15،600 ވޯޓެވެ. ޖޭޕީގެ ގާސިމް އިބްރާހީމަށް 5،610 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރަށް، 6،324 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމްއަށް 1،860 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި ޒަމީލަށް ލިބިވަޑައިގަތީ 341 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ފާރިޝް މައުމޫން އަށް ވޯޓެއް ނުލިބޭތަ؟