ރިޔާސީ ކެމްޕެއިންގައި ބައިވެރިވެދެއްވި އެންމެހާ ފަރާތްތަކަށް، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އުމަރު ނަސީރު ޝުކުރު އަދާކުރައްވައިފިއެވެ.

މީސްމީޑިއާގައި އުމަރު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިންތިހާބީ ކެމްޕެއިން މަސައްކަތްތަކުގައި ބައިވެރިވެދެއްވި ހުރިހާ ބޭފުޅުންނާއި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

އުމަރު ނަސީރު ވަނީ، އަމިއްލަ ގޮތުން ވާދަކުރައްވައި، މި ފަހަރުގެ އިންތިހާބުގައި ބޮޑު ކުރިއެރުމެއް ހޯއްދަވައިފައެވެ. އޭނާއަށް ޖޭޕީ އަދި އެމްއެންޕީއަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. އުމަރަށް ލިބިވަޑައިގަތީ، 6324 ވޯޓެވެ. ޖޭޕީން ވާދަކުރެއްވި ގާސިމް އިބްރާހީމަށް 5،610 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްއެންޕީން ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމަށް ލިބިވަޑައިގަތީ، 1،860 ވޯޓެވެ.