ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީއާ ދުރު ކުރަންޖެހޭ ކަމަށް އެ ޕާޓީގެ ރައީީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ ”އެމްއެން އަންއޮފިޝަލް“އިން މިއަދު ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ދެން ވެރިކަން ކުރައްވާނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ރައީސް ސޯލިހު އެމްޑީޕީން ދުރުކޮށް، ޕީޕީއެމާއި ގުޅިފައިވާ ސަރުކާރެއް އެކުލަވައިލަން މަސައްކަތް ކުރަން ވެސް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ މުއިއްޒު އާއި ރައީސް ސޯލިހެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒުއަށް، 101،180 ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެންމެ ގާތުން މުއިއްޒު އާއި ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ،  85،935 ވޯޓެވެ.

މުއިއްޒުއަށް 46 އިންސައްތަ ލިބިވަޑައިގެންނެވިއިރު، އަދާލަތާއި އެމްޑީއޭގެ ކޯލިޝަނާއެކުގައި ނުކުތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށެވެ. އޭނާއަށް ލިބިވަޑައިގަތީ، 15،600 ވޯޓެވެ.