ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނުކުންނާނީ އިހުނަށްވުރެ ވަރުގަދަކޮށް ކަމަށާއި، އަދި އިންތިޚާބު ނުނިމޭ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިފައިވާ، އަދާލަތު ޕާޓީގެ މެމްބަރު، އަލީ ޒާހިރު ވިދާޅުވީ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަން ނުކުންނާނީ ކުރިޔަށް ވުރެ ވަރުގަދަކޮށް ކަމަށާއި، އެއްބުރުން އިންތިހާބު ނުނިމުނު ކަމަށާއި އެކަމަކު އަދި އިންތިޚާބު ނުނިމޭ ކަމަށެވެ.

އަދި ދެވަނަ ބުރުގައި ނުކުންނާނީ ފުރަތަމަ ބުރުގައި ވޯޓުގައި ބައިވެރި ނުވާ ހުރިހައި މީހުންގެ ވޯޓާ ވެސް އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.