ދަރިކަލުންނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ނަތީޖާ އަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތީ ކާމިޔާބީ ކަމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީީސް މައުމޫން މިފަދައިން ވިދާޅުވީ، ފާރިސްއަށް ލިބިވަޑައިގެންނެވި ނަތީޖާ އާއި ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ވަނީ، ފާރިސް އަށް ކެމްޕޭނުގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައިވެއެވެ.

”މިއީ ހަމައެކަނި ފެށުމެއް، ކުރިއަށް އޮތީ الله ގެ އިރާދަފުޅާ އެކު ފުރިހަމަ ކާމިޔާބީ إن شاء الله!“ ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފާރިސްއަށް ލިބިވަޑައިގަތީ، 2،966 ވޯޓެވެ. ފާރިސް ވިދާޅުވީ، އަދިވެސް އިސްލާހީ މަސައްކަތްޕުޅުގައި ދެމިހުންނަވާނެ ކަމަށެވެ.