ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްސް ހެދުނު ކަމަށާއި، އެމްޑީޕީއަށް ވޯޓުލާން ނިންމައިގެން ތިބި ވަރަށް ގިނަ ބަޔަކު ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓުލާފައިނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު ރާއްޖެ ޓީވީގެ ”ފަށާއިރު“ ޝޯއަށް ހެނދުނު ދެއްވައިފައިވާ ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގައި ކަންތައް ދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ.
”އަޅުގަނޑުމެން ބެލިއިރުގަ، ޓާންއައުވް ދަށްވި މައްސަލަ، މައްސަލައެއްގެ ގޮތުގައި އެންމެ ބޮޑަށް ފެންނަނީ.“
ރައީީސް ވިދާޅުވީ އިދާރީ ގޮތުން ކުރަން ޖެހުނު ބައެއް ކަންކަމަށް ފަރުވާ ކުޑަ ކުރެވިފައިވާ ކަމަށާއި، ބައެއް ރަށްރަށުން، ހަތަރެއް ޖަހާއިރު، ވޯޓު ކިޔު ބަންދު ކުރުމުން ވޯޓު ނުލެވުނުކަން ފާހަގަކުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަސްސަލައަކީރަށްރަށުގަޖަގަހުތަކުގަތިބިބޭފުޅުންބަހަންގެނާހާރުފިޔާބަޑުއަޅާގެންތިބީ.ބަހަންރުފިޔާ ގެނާކަންއެގޭއެއްމެންނަށް.ވަރަށްގިނަމީހުންކައިރީގަބބުނެފައެބުހުރިރުފިޔާދޭނަމޭއެކަމަކުރުފިޔާއެއްނުދޭ.އެހެންވީމާވޯޓުލާންމީހުންނުދިޔައީ.މީހަގީގަތަކީ