ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެމްޑީޕީއާއިއެކު އިތުރު ޕާޓީތަކުން ކޯލިޝަން ހަދާނެކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ދެވަނަ ބުރަށް ދިޔަ ޕީޕީއެމް-ޕީއެންސީ ނޫން އެހެން ޕާޓީތަކާއިއެކުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި، ބައެއް ބޭފުޅުން ފެހި ސިގްނަލް ވެސް ދެއްވާފައިވާ ކަމަށެވެ.

”އެހެންނަމަވެސް ރަސްމީކޮށް އެކަން އިއުލާނު ކުރެވޭ ހިސާބަކަށް ނުދޭ.“

ދޭއް ނުވަތަ ތިން ބަޔަކު އެމްޑީޕީ އާއި އަދި އިތުރަށް ގުޅޭނެ ކަމަށާއި، ގުޅުމުން ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކުވެ، ރައީީސް ސޯލިހު ހެއްދެވި ކޯލިޝަންގެ މައްޗަށް ގިނިކަންޏާ ނުކުމެވަޑައިގެން، މުއިއްޒު ކުރި ހޯއްދަވައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ 101،635 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 46.06 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ 86،161 މީހުންނެވެ. އެއީ 39.05 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މިހުގެ 30 ވަނަ ދުވަހުއެވެ.