ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަސް ހިފަން މޫދަށް ފޭބި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި، މަރުވެފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އޭނާ މަސް ހިފަން ފޭބީ ހުޅުމާލޭ ފޭސް 2 ގެ އިރު އުތުރު ފަރާތުންނެވެ.

އަދި ގެއްލިގެން ހޯދަމުންދަނިކޮށް ފަޅުތެރޭން ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.