ރާއްޖެ އާއި މޮރިޝަސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއެއް ކަމަށް ބުނާ ސިޓީއެއް މިއަދު ކުއްލި ގޮތަކަށް ލީކު ވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވަނީ، މިއީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި ސިޓީ ލީކުވެފައިވާ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ސިޓީ ހޯދަން އާއްމު ފަރާތަކުން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ، ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ސިޓީ ސިއްރު ކޮށްފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ, ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރާ ދެކޮޅަށް އޮތް ގައުމެއް ކަމަށާއި އެހެންކަމުން ޔޫއެންގައި މޮރިޝަސްއިން އިސްތިއުމާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓްދޭނެ ކަމަށެވެ.
އަދި ރާއްޖެއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ސިޓީގައިވެއެވެ.
މިއީ ފޭކް ސިޓީއެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މި ސިޓީ ކުއްލި ގޮތަކަށް ލީކުވީ، މިނިވަންކަމާއި ގުޅޭގޮތުން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއިއެކު، ”ހާމަކުރެވެން ހުރި ވަރަށް ކަންކަން ހާމަކުރާނަން“ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، މިގޮތަށް ”ފޭކު“ ސިޓީއެއް ލީކު ކޮށްލީ، ރާއްޖޭގެ ކަނޑުން ބައެއް ސަރުކާރުން ދޫކޮށްނުލާ ކަމަށް ދެއްކުމުގެ ގޮތުންނެވެ.
އިންޑިޔާ ސިފައިންގެ އަދަދު ހާމަ ނުކުރަން ދައުލަތުން ސްޕްރީމް ކޯޓަށް ދިޔުން އެއީ ބަލިވާން ދިމާވި އެއް ސަބަބު. އަދި އާދައިގެ ނޫސްވެރިއަކު އޭނާއަށް އެއްވެސް ޒަތީ މަންފާއެއް ނެތް ކަމެއްގައި ކޯޓުގައި ދައުލަތާއި ދެކޮޅަށް ވަކާލާތު ކުރާ ހިސާބަށް ދިޔުން އެއީ ދައުލަތް ހިންގަން އޮތް ސަރުކާރުގެ ބަލިފައި ހާމަވި ކަމެއް.އެވަރު ނުކޮށް އަދަދެއް ބުނެލި ނަމަ ނިމުނީ ނު
ފޭކު ނުޖެއްސެވުންއެދެން މީސަރުކާރުން މީހުން މައިތިރިކުރަންވެގެން ލީކުކޮއްލިފޮޅުވަތެއް އަސްލުއަދިއޮތޯފޮރުވާފަ��
އިންތިޚާބުގެ ފުރަތަމަބުރުންބަލިވީމާ،ަނެއްކާ ެސް ދޮގުހަދައިގެންވެސް ރައިއްޔަތުން ބޯކާންވެގެން ނޫސްތައްލައްވާ ކުޅުވި ޑުރާމާއެއް ސޮއެއްވެސް ނެތް ސިޓީއެއް، އެ ފޭކު ސިޓީއެއް ނޫސްތަކަށް ލީވެސް ބޯގަމާރެއްބާއޭ ހިތަށްއަރާ، ތި ސިޓީއަކީ ދެވަނަބުރަށް ކުރާކެންޕިއަނެއް، އާވައްތަރަކަށް ކެންޕިއަނުޖެއްސީ،