ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އައްޔަނު ކޮށްފިއެވެ.
އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00އިން 11:00އަށްވެވެ. ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމުގެ މަޤާމަށް ހުޅުވާލީ އިއްޔެ ހަވީރު 16:00އާއި ހަމައަށެވެ.
ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމަށް އާޒިމް ހޮވާފައިވަނީ އެޕާޓިގެ މަޖިލިސް މެންބަރުންގެ ވޯޓުންނެވެ. މީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމާއި އަމީން އާންމާއި ވިޕުން ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ.
