އިދިކޮޅު ލީޑަރު، ރައީީސް ޔާމީން މިނިވަން ކުރަން އެންމެ ބޮޑަށް ބޭނުންވަނީ އޭނާ ކަމަށް ޕީޕީއެމް/ޕީއެންސީ އާއިއެކު ކޯލިޝަން ހަދައިފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އާއި އެކު ދެވަނަ ބުރުގެ ކެމްޕެއިން ނިކުމެ ވަޑައިގެން މިއަދު އއ. ފެރިދޫގައި ވާހަަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާކަށް ބޭނުންފުޅު ނުވާ ކަމަށެވެ.

”އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،“ ނާޒިމް ވިދާޅުވިއެވެ.

 

ނާޒިމް ވިދާޅުވީ ސެލެކްޓިވް ޖަސްޓިސްގެ ތެރެއިން ހަރާން ހުކުމެއް ރައީސް ކަން ކުރެއްވި ބޭފުޅަކަށް އައުމަށް ނޭދޭ ކަމަށެވެ.