މީގެ 10 އަހަރު ކުރިން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު، އިސްލާާމްދީނުގައި ހިޖާބު އެޅުމަށް އަންގަވައިފައިވާ އެންގެވުމަށް ހަޖޫ ޖެހިކަން މީހުންގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ, އަލީ އަހުސަން ކިޔާ މީހަކާއި ދިމާލަށް ވިދާޅުވީ އެކަމަނާ ބުރުގާ އަޅުއްވާނީ އޭނާ ބުރުގާ އެޅުމުން ކަމަށެވެ. އަދި އަހުސަން އަކީ ރަސޫލަކަށް ވާން އުޅޭ މީހެއް ކަމަށް ފަޒުނާ ބުނެފައިވެއެވެ.
https://twitter.com/thadhs/status/313354542551031808?t=ahSmH_v3YRMU7bIH_K74SA&s=19
ފަޒްނާގެ މި ޓްވީޓު މިހާރު މީީސްމީޑިއާގައި އާއްމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ އެކަމަނާއަށް ފާޑު ކިޔަމުންނެވެ.
ފަޒްނާ ދާދި ފަހުން ރާއްޖެ ޓީވީއަށް ވިދާޅުވީ، އެކަމަނާ ދަމު ނަމާދާއި ވިތުރި ވެސް ކުރައްވާ ކަމަށެވެ.
އެކަމަކު ޤުރުއާނުގައި އަންހެނާއަށް އައުރަ ނިވާ ކުރައްވަން ސާފުކޮށް އަންގަވައިފައިވާ އެންގެވުމަށް ހަޖޫ ޖަހާ ފަދަ މޭރުމަކުން އެކަމަނާ ވާހަކަ ދެއްކެވުމުން، ދީންވެރިކަމާއިމެދު ސުވާލު އުފެދޭ ކަމަށް ވެސް ބައެއް ފަރާާތްތަކުން ބުނެއެވެ.
އީދު ނަމާދު ކުރައްވަން ވަޑައިގަންނަވާއިރު، ފަޒްނާ ބައެއް ފަހަރު ބުރުގާ ތުރުކުރައްވައިފައިވެއެވެ.

ވެދާބެތާ ތި ކިއާފަޒުނާއަކީވެސް ފިރިހެނަކަށް، އެހެންވެތާ ފިރިހެނަކު ބުރުގާއެޅީމާ ބުރުގާއަޅާނެކަމަށް އެބުނީ.
ލާދީނީކިޔަނީއެހެންވެގެންނޭ