ރިޔާސީ ކެމްޕެއިނުގައި އެއް ދުވަސްތެރޭގައި 11 ރަށަށް ދަތުރު ކުރައްވައިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރެކޯޑެއް ހައްދަވައިފިއެވެ.
އިއްޔެ މުއިއްޒު ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ އާއި އދ އަތޮޅުގެ 11 ރަށަކަށް ދަތުރު ކުރައްވައިފައެވެ.
މުއިއްޒު އިއްޔެ ވަޑައިގެންފައި ވަނީ އއ އަތޮޅުގެ ދެ ރަށަކަށާއި އދ އަތޮޅުގެ ނުވަ ރަށަކަށެވެ. އއ އަތޮޅުން ވަޑައިގެންފައިވަނީ ބޮޑުފޮޅުދޫ އާއި ފެެރިދޫ އަށެވެ.
އދ އަތޮޅުން ހަންޏާމީދޫ އާއި އޮމަދޫ އާއި ކުނބުރުދޫ އާއި ދަންގެތީގެ އިތުރުން މަންދޫ އާއި ފެންފުއްޓާއި ދިއްދުއާއި ދިގުރަށާއި މަހިބަދޫ އަށްވެސް އެމަނިކުފާނު އިއްޔެ ވަނީ ވަޑައިގެންފައެވެ.
އިއްޔެގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މުއިއްޒުވވަޑައިގެންނެވީ ބޮޑުފޮޅުދޫއަށެވެ.
މުއިއްޒު ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ މަހިބަދޫ އަށެވެ. މަހިބަދޫއަށް އެމަނިކުފާނު ވަޑައިގެންނެވީ ރޭ 9:25 ހާއިރެވެ.
