ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު، މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާނެއެވެ.

ޕީޕީއެމް/ޕީއެންސީ އިން ބުނީ، މުއިއްޒު މިއަދު ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ މި ބައްދަލުވުމަށް އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

މި އެއްވުން އޮތީ މިއަދު ހަވީރު 3:45 ގައި ހުޅުމާލެ ފޭސް 2 (ނަންބަރު 1 ބަސް ސްޓޮޕް) ގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި އިއްޔެ މުއިއްޒު ވަނީ، އަރިއަތޮޅުގެ 11 ރަށަކަށް ދަތުރު ކުރައްވައިފައެވެ.