ވާދަ ކުރައްވާ ކެންޑިޑޭޓްގެ ސިޔާސަތުތަކާއި ކޮލިޓީ ކިޔާދޭން ފެއިލްވުމުން، ދެން އޮންނާނީ އެންޓި ކެންޕެއިން ކުރުން ކަމަށް ޕީޕީއެމް-ޕީއެންސީގެ ތަރުޖަމާނު ހީނާ ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން، ވާދަވެރި  ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ދޮގު ތުހުމަތު ކުރަމުން ދިޔުމާއި ގުޅިގެންނެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ މުއިއްޒު ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރ 30 ވަނަ ދުވަހު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ.“ ހީނާ ވިދާޅުވިއެވެ.

ިރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، މިއަދު މުއިއްޒު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. އިއްޔެ އެމަނިކުފާނު 11 ރަށަކަށް ދަތުރު ވެސް ކުރެއްވިއެވެ.