ހުޅުމާލޭގެ މަގެއް މަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނިގޮތުގައި، މިކަމުގެ މައުލޫމާތު ލިބުނީ، ހެނދުނު 8:02 ހާއިރުއެވެ. އެ މީހާ ވެއްޓިފައި އޮތީ ހުޅުމާލޭ އުނިގަސްމަގުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
”އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި ދުވަން ނުކުމެ އުޅުނު ކަމަށް ބެލެވޭ،“ ފުލުހުން ބުންޏެވެ.
އެ މީހާ ވެއްޓިފައި އޮތީ ހުޅުމާލޭ އުނިގަސްމަގުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަރުވި މީހާ އަކީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.
