މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކުރިއަށް ދާނެ ގޮތް، މިއަދު އިއުލާނު ކުރާނެއެވެ.
މިކަމާއި މެދު ގޮތް ނިންމަން، އެ ޕާޓީގެ ކައުންސިލުން މެންދުރު 1:00ގައި ބައްދަލުވުމެއް ބާއްވާނެއެވެ.
މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ފަރާތުން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެއެވެ.
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 5460 ވޯޓާއެކު 2.47 ޕަސެންޓެވެ.