އިދިކޮޅު މައި ޕާޓީ، ޕީޕީއެމް-‏ޕީއެންސީގެ ކޯލިޝަނުން ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ޕީޕީއެމަށް ސޮއި ކޮށްފިއެވެ.

ރޭ ވަނީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފައެވެ. ޕީޕީއެމާ ރޭ ގުޅުނު މީހުންގެ ތެރޭގައި މަޝްހޫރު ބައެއް މީހުން ވެސް ހިމެނެއެވެ. އަދި ސަރުކާރާއެކު ކޯލިޝަނުގައި އޮތް ޖޭޕީގެ މެމްބަރުން ވެސް ހިމެނެއެވެ.

އެގޮތުން ލަވަކިޔުންތެރިޔާ މުނީފާ އާއި އެކްޓަރު ހާމިދު އަލީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދާއި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވެސް ހިމެނެއެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވާ އިރު، އިދިކޮޅު ކޯލިޝަނާ ގުޅޭ މީހުން އަންނަނީ އިތުރުވަމުންނެވެ.