ހއ.މުރައިދޫގައި ޒަމާނީ ސިއްހީ މަރުކަޒެއް އެޅުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު ވިދާޅުވީ އެރަށަށް ބަލައިލުމުން ފެންނަނީ ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ސަރުކާރުން އިހުމާލުވެފައިވާ މަންޒަރު ކަމަށެވެ.
އެގޮތުން ރަށް ގިރުމާއި ކުނި މެނޭޖު ކުރުމުގެ މައްސަލަ މުއިއްޒު ފާހަގަކުރެއްވިއެވެ.
އެކަންކަން ހައްލުކޮށްދެއްވުމަށް ވައުދުވެވަޑައިގަންނަވަމުން މުއިއްޒު ވަނީ ރަށުގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މުރައިދޫ ސިއްހީ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އަސާސީ ފެންވަރުގެ ޓެސްޓުތައް ހެދޭނެ ލެބޯޓްރީއެއް ސިއްހީ މަރުކަޒުގައި ގާއިމް ކުރުމަށާއި ބޭންކިންގެ ދަތިތަކަށް ހައްލު ހޯދުމަށް ބީއެމްއެލް މެދުވެރިކޮށް އޭޓީއެމްއެއް ގާއިމްކޮށްދިނުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
