މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް، މާފުށީ ޖަލުގައި ބަހައްޓައިފައިވާ ވޯޓު ފޮއްޓަށް ރީ-ރެޖިސްޓަރ ކުރައްވައިފިއެވެ.
މިކަން ހާމަ ކުރައްވައިފައިވަނީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އިސް ގާނޫނީ ވަކީލު ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެއްވޭނެކަމުގެ ފުރުސަތު ފަހިވާނެކަމަށް ރައީސް ޔާމީނު އުއްމީދު ކުރެއްވި ކަމަށެވެ.
އެހެންނަމަވެސް އެފުރަސަތު ފަހިވެގެން ނުދިޔަކަމަށާއި، ދެވަނަ ބުރުގެ ވޯޓުލުމުގެ އިންތިޒާމުތައް މިހާރު ފުރިހަމަކުރައްވާފައިވާ ކަމަށް ޖަމީލު ވިދާޅުވެފައިވެއެވެ.
