ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރެލްގެ މަގާމުގައ ހުންނެވި އަލީ އާރިފު ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނަ ދޮގުކުރައްވައިފިއެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޖޭޕީން ވަކިވެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ
މި ވާހަކަތަކާ ގުޅިގެން އާރިފް ވިދާޅުވެފައި ވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.
އަދި ޕާޓީ ދޫކޮށްލައްވާ ނަމަ އެކަން ކުރައްވާނީ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
