ހދ. ނޮޅިވަރަންފަރު އެމްޑީޕީގައި އިސްކޮށް އުޅުނު ގިނަ ބަޔަކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރޭ ނޮޅިވަރަންފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނޮޅިވަރަމުން ޕީޕީއެމްއާއި ގުޅުނު މީހުންގެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ މުއިއްޒާއި، ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމެވެ.

ނޮޅިވަރަންފަރުން ރޭ ގުޅުނު މީހުންގެ ތެރޭގައި އެރަށު އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ”ޗަމްޕާ“ ވެސް ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، މުއިއްޒު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވާދަކުރައްވައި އެއްލައްކައަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.