މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ގިނަ ގޯލު ޖައްސަވައިފި ކަމަށާއި، އަދިވެސް އިތުރު ގޯލު ޖައްސަވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އެމްޑީޕީގެ ކޯލިޝަން ބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް އިމްރާާން ވިދާޅުވެއްޖެއެވެ.

ސޯސަންމަގު އުތުރުކޮޅުގައި އެމްޑީޕީން ހުޅުވާފައިވާ ސޯސަން ޖަގަހާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިގޮތަށް ވިދާޅުވީ، މެޗެއްގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން ކަމަށާއި، ގޯލަކަށް ފަހު ގޯލެއް ޖައްސަވާނެ ކަމަށް ރައީސް ވިދާޅުވުމުންނެވެ.

ރައީސް ވިދާޅުވީ، މިވަގުތު އެމްޑީޕީ އޮތީ 3-1 ގެ ނަތީޖާއަކުން ބަލިވެފައި ކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފްގައި ނިކުމެ ނަތީޖާ ހަމަކޮށް އިތުރު ދެ ލަނޑު ޖަހައި 5-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވިއެވެ. ރައީސް އަށް އޮޅިވަޑައިގެން ވިދާޅުވެވުނު ގޮތުން ނަމަ، ދެވަނަ ހާފުގައި އިދިކޮޅި ޓީމަށް ޖެހުނު 3 ލަނޑުގެ ތެރެއިން، އެއް ލަނޑު މަދު ވެސް ވެއެވެ.

ރޭގެ ޖަލްސާގައި އިމްރާާން އިތުރަށް ވިދާޅުވީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ޕާޓީނޫން އެހެން ބަޔަކަށް ވެރިކަން ހަވާލުކޮށްފިނަމަ ގައުމަށްވެގެންދާނެ ގޮތް، އިސްލާހީ މަސައްކަތުގައި އެންމެ ކުރީއްސުރެ އުޅުއްވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑުމެން މި ގައުމު ހަރާބުގެ ތެރެއަށް ދުލެއް ނުކޮށްލާނަން އިރާދަކުރެއްވިއްޔާ“ އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުން ޖަލަށްލައި އަލުން އަނިޔާވެރިކަން އިޔާދަވާން އެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށެވެ.