ޖުމްހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނު ކޮށްފިއެވެ.

އަޒްލީން އެސްޖީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އަލީ އާރިފް އިސްތިއުފާ ދެއްވުމަށް ނިންމެވުމުންނެވެ.ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އެޕާޓީގެ އެސްޖީގެ މަގާމަށް ހަމަޖައްސާފައިވާކަން ޖޭޕީގެ ފަރާތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަލީ އާރިފް ޖޭޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމާފައިވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށެވެ.