ހުޅުމާލޭގެ ދެވަނަ ފިޔަވަހިން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފެނުމުން، ”ބާޣީ ފަޒްނާ“އޭ ކިޔައި، ގޮވި އަހުމަދު އިރުބާލަށް މީގެ އެތައް އަހަރެން ކުރިން އޭނާގެ ބައްޕަ، ޝަހީދު އަބްދުއްސައްތާރު އާދަމް ވަކިވެގެން ދިޔަ ހިތްދަތި ހަނދާންތަކުން އަދިވެސް އަރައިނުގަނެވެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހީންގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް އެރި ބޭރުގެ ކުލީ ސިފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އިރުބާލްގެ ބައްޕަ ވެސް ހިމެނެއެވެ. ކުޑަ ކުޑަ އިރުބާލްގެ ހިތަށް ކުރާނެ އަސަރު ހިތަށް ވެސް ނުގެނެވޭކަން ޔަގީނެވެ.
ބާޣީ ފަޒްނާއަށް ގޮވި ސަބަބު ހާމަކުރަމުން ވެސް އިރްބާލް ބުނީ، ފަޒްނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއީލް މަނިކު އިސްވެ ހުރި ހިންގި ނޮވެމްބަރު 3ގެ އުދުވާނުގެ ހަނދާންތައް އާ ވުމުން، ޖަޒުބާތުގައި ޖެހުނީ ކަމަށެވެ.
އިރުބާލްގެ ބައްޕަ ޝަހީދުކޮށްލީ، ތަމަޅައިން އައިސް ރަހީނު ކޮށްގެން ގެންދިޔަ ބޯޓަށް އޭނާ އާއި އޭނާގެ ބައްޕަ އަރުވައިގެން ދަމުންނެވެ.
ފަޒްނާގެ ބައްޕަ ކުރި ކަމެއްގެ ޒިންމާ، އޭނާ ނަގަން ނުޖެހުނު ނަމަވެސް، ”ބާޣީ ފަޒްނާ“އޭ ކިޔުނީ އެ ހިތްދަތި ހަނދާން އާ ވުމުން ކަމަށް ވަރަށް އަސަރާއިއެކު އިރްބާލް ކިޔައިދިނެވެ.
”ވާގޮތަކީ ހަމަ ފެނުނީމަ، ހިތަށް އަރަނީ ހަމަ ބައްޕަގެ މަތިން. އަޅުގަނޑުގެ ލޮލަށް ފެނިފައި ހުރި މަންޒަރެއް އެއީ. ބަޑި ޖަހާ، ލައިފް ޖެކެޓު އަޅާ، ބަޑި ޖަހާ އެއްލާލީ ކަނޑަށް. ޕްރޮގްރެސް ލައިޓް(ބޯޓު)ގައި ބަހައްޓާފަ، އިންޒާރެއްގެ ގޮތުން ނެރެފަ، ކަނު ބަނދެފަ، ފެހި ކުލައިގއ ފޮތިކޮޅަކުން ބަނދެފަ، (ބޮލުގެ) ކަނާތް ފަރާތު އަރިމައްޗަށް ބަޑި ޖަހާ ހަމަ މަރާލާފަ، އެއްލާލީ.“
ނޮވެމްބަރު ތިނެއްގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެތެރޭގައި ސިފައިންގެ އަށް ބޭކަލަކު ހިމެނެއެވެ.

ޙަމަ ބާގީ
ސިއްކަ އާއިލާ މީހަމަ މިގައުމުމައް ޖެހިފަ ވާ ވަބާއެއް .