އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވާ ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކޮށްފިއެވެ.

Ads by Asuru

އެ ޕާޓީން ކުރި ޓްވީޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް ސޯލިހަށް ތާއީދު ހޯދުމެވެ.

އެމްޓީޑީން ކުރި ޓްވީޓުގައި ބުނެފައިވަނީ ރައީސް ސޯލިހާ ބައްދަލުކޮށްލުމަށް ލިބުނު ފުރުސަތުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

އެމްޓީޑީ އިން ރަސްމީކޮށް ރައީސް ސޯލިހަށް ތާއީދުކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރާއި ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެމަނިކުފާނުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.