ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ”ޑިމޮކްރެޓްސް“ އިން ކުރިއަށްދާނެ ގޮތެއް މިރޭ ހާމަ ކުރަން ނިންމައިފިއެވެ.

އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއެވެ.

ޑިމޮކްރެޓްސް އިން ކޯލިޝަން ހަދަން ހުށަހެޅި ޝަރުތަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓެއް ނެގުމެވެ.