ގެއްލިގެން ހޯދަމުންދިޔަތާ ދެ ހަފްތާ ވި ފަހުން، ގެއްލުނު ޒުވާނާ އަލީ ރިޝާން އޭނާގެ އާއިލާއަށް ގުޅައިފިއެވެ.
ފުލުހުން މިއަދު ވުނީ މާލޭގައި ދިރިއުޅެމުންދާ އުމުރުން 21 އަހަރުގެ އއ. މާޅޮސް ހުސްނޫވިލާ، އަލީ ރިޝާން އޭނާގެ އާއިލާ އަށް ގުޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އަދި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެ ޒުވާނާ ނުފެނިގެން، އާއިލާ އިން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު ފުލުހުން ވަނީ ރިޝާން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ރިޝާން އަކީ މާލޭގައި ދިރިއުޅޭ ޒުވާނެކެވެ.
