މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަނެއްކާ ވެސް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، އުމުުރުން 28 އަހަރުގެ ނާޠިފް ޢަބްދުއްސަލާމް ކިޔާ ޒުވާނެކެވެ.
އޭނާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 15 ދުވަހު ކަަމަށް އާއިލާއިން މައުލުމާތު ދީފައިވާ ކަމަށެވެ.
އަދި އޭނާ އޭރު ލައިގެން ހުރީ ރުއްތައް ޖަހާފައި ހުރި ގަމީހަކާއި ސޯޓެއް ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުންވަނީ ނާޠިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
